އެއް އަހަރަށް ބޭނުންވާ ތެޔޮ ރައްކާކުރެވޭ ނިޒާމެއް ގާއިމުކުރަނީ
އަވަސް
23 މާރިޗު 2026 | ހޯމަ | 9:25
ރާއްޖެއަށް އެއް އަހަރު ދުވަހަށް ބޭނުންވާ ވަރަށް ތެޔޮ ރައްކާކުރެވޭ ނިޒާމެއް ގާއިމުކުރަން ނިންމައިފި އެވެ.
ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދާނީ މަރުކަޒީ ބޭންކް -- މޯލްޑިވަސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ މަޝްވަރާކޮށްގެން ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދާނީ ރާއްޖޭ ތިން ސަރަހައްދެއްގައި ކަމަށްވެސް މޫސާ ޒަމީރު ވިދާޅުވި އެވެ. މިއީ ފަސް އަހަރު ދުވަހުގެ މަޝްރޫއެއްކަން ފާހަގަ ކުރައްވާ މޫސާ ޒަމީރު ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމޭތޯ ބަލަމުންދާ ކަމަށެވެ. ރާއްޖެއަށް ތެޔޮ ގެންނަނީ މެދުއިރުމަތިންނެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެހެން ސަރަހައްދުތަކުން ތެޔޮ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.