ތެލުގެ ރިޒާވް ގާއިމުކުރުމުގެ ކޮންމެ ފިޔަވައްސަކަށް 150 މިލިއަން ޑޮލަރު ހޭދަވާނެ: ރައީސް
އަވަސް
23 މާރިޗު 2026 | ހޯމަ | 10:18
ރާއްޖެއަށް އެއް އަހަރު ދުވަހަށް ބޭނުންވާ ތެޔޮ ރައްކާކުރެވޭ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ކޮންމެ ފިޔަވައްސަކަށް 150 މިލިއަނެއްހާ ޑޮލަރު ހަރަދުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު މިއަދު ވިދާޅުވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެލުގެ ރިޒާވް ގާއިމުކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. "އަޅުގަނޑުމެންގެ ވިސްނުމަކީ ދޮޅު އަހަރު ދުވަހުން ފޭސެއްގެ ގޮތަށް ގާތްގަނޑަކަށް ހަތަރު އަހަރާއި ބައިން ނުވަތަ ފަސް އަހަރު ތެރޭގައި ތިން ސަރަހައްދެއްގައ އޮއިލް ރިޒާވެއް ގާއިމުކުރުން،" ރައީސް ވިދާޅުވި އެވެ. މިއިން ކޮންމެ ފިޔަވައްސަކަށް އިންވެސްޓްކުރުމަށް ގާތްގަނޑަކަށް 150 މިލިއަނެއްހާ ޑޮލަރު ސަރުކާރުން ހަރަދުކުރަން ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެކަން ކުރާނީ ސަސްޓެއިނަބިލިޓީއަށް ބެލުމަށްފަހު ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ތެލުގެ ރިޒާވެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމުން ފައިދާތަކެއް ކުރާނެ ކަމަށެވެ. އެކަމުގެ ތަފުސީލުތައް ހާމަކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.