6 ކިލޯގެ ޑްރަގު އެތެރެކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

އަވަސް

23 މާރިޗު 2026 | ހޯމަ | 11:36

ރާއްޖެއަށް 6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ ޔުތިޝް ރާޖް ރާޖަން (27އ) އާއި އީޝްވަރުމުރިތީ ޝަންމުގަމް (24އ) އެވެ. މި ދެ މީހުންގެ ފޮޓޯއާއި ވަނަވަރު ފުލުހުންގެ ވެބްސައިޓްގައި މިހާރު ވަނީ އާންމުކޮށްފަ އެވެ. ކަސްޓަމްސް އިން ހިންގި އޮޕަރޭޝަނެއްގައި މި ދެ މީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ކަސްޓަމްސް އިން މިހާރު ވަނީ މި ދެ މީހުން ފުލުހުންނާ ހަވާލުކޮށްފަ އެވެ. މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މައުޟޫޢުތަށް