މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރަނީ

އަވަސް

23 މާރިޗު 2026 | ހޯމަ | 1:57

ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރަން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ އިތުރުވުން ހުއްޓުވުމަކަށް ގެނައުމަށް އިސްލާހު ގެންނައިރު އިތުރު ދެ އިސްލާހު ގެނައުމަށް ދިރާސާކުރާ ކުރަމުންދާ ކަމަށެވެ. "އެއް ކަމަކީ ވަކި އެއީ (މަޖިލިސް މެންބަރުންގެ ތެރެއިން) އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނަށް ކަމަށް ކަނޑައެޅުން،" ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ވަކި އިންސައްތައެއް އެއީ އަންހެނުން ހާއްސަކުރަން ނިންމާފައިވާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މަޖިލިސް މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމުގެ އިސްލާހު ބިނާ ވަނީ މަޖިލީހުގެ މިހާރުގެ ދައުރު ކުޑަކޮށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އެޕްރީލް 4 ވަނަ ދުވަހު ނަގާ ވޯޓަށެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ވޯޓު އެއް ބުރުން ނިމޭ ގޮތަށް އިސްލާހު ގެނައުމަށާއި ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފެށޭ ގޮތަށް ބަދަލުކުރުންވެސް އެޕްރީލް 4 ވަނަ ދުވަހު ނަގާ ވޯޓާއި ގުޅިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް