މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ހިތަދޫއިން މީހަކު ހައްޔަރުކޮށްފި

އަވަސް

23 މާރިޗު 2026 | ހޯމަ | 2:22

މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ހިތަދޫއިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. ހިތަދޫ / މުރިގު، ޙަސަން ސަހުމީނު (22އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހު 19 ވަނަ ދުވަހު ހިތަދޫ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 25 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ޙަސަން ސަހުމީނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މައުޟޫޢުތަށް