ހުޅުޖެހުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އަވަސް

23 މާރިޗު 2026 | ހޯމަ | 8:46

ގ. ހިޔާރޯދިގޭގައި އަލިފާން ރޯވި މައްސަލައިގައި ގެއަކަށް އޭގެ ކުޑައިރުކޮޅެއް ކުރިން ވަތް ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ހުޅުޖެހުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރީ ލ. މާބައިދޫ، ސަބުނަމްހައުސް، ހުސައިން ޝަހްބާން (29އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. ކޯޓު އަމުރުގައި ބުނީ އޭނާގެ ފަރާތުން ވަކީލަކު އައްޔަންކުރަން ބޭނުންވާ ކަމަށް ބުނެފައިވާތީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 14 ވަނަ މާއްދާއަށް ރިއާޔަތްކޮށް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރަން ނިންމީ ކަމަށެވެ. މި ހާދިސާ ހިނގުމުގެ ކުރިން ހުސައިން ޝަހްބާން އެގެއަށް ވަންނަ ކަމަށާއި އޭނާ ނިކުމެގެންދާ ތަނުން ހާދިސާ ހިނގި ގޭގައި އަލިފާން ރޯވެފައިވާ ކަމަށް އައިއޯ ވަނީ ކޯޓުގައި ބުނެފަ އެވެ. އަދި އެކަމަށް ބާރުދޭ ހެކި ގަރީނާގެ ގޮތުގައި ޓައިމްލައިނާ ފޮޓޯ ރިޕޯޓް ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. ގ. ހިޔާރޯދިގޭގައި އަލިފާން ރޯވީ މިދިޔަ ބުދަ ދުވަހު އެވެ. އެ ގޭގައި އަލިފާން ރޯވުމުގެ އިރުކޮޅެއް ކުރިން މީހަކު ވަދެ ނިކުމެގެންދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ވަނީ އާންމުވެފަ އެވެ.

މައުޟޫޢުތަށް