ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ވަޒަންވެރިން ރޭވެސް ހަމަލާތަކެއް ދީފި
އަވަސް
24 މާރިޗު 2026 | އަންގާރަ | 10:55
ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ހަރުކަށި ވަޒަންވެރިން ރޭވެސް ހަމަލާތަކެއް ދީފި އެވެ.
މިއީ އިޒްރޭލުގެ ވަޒަންވެރިން، ހިފާފައިވާ ހުޅަނގު އައްސޭރީގައި ޖެހިޖެހިގެން ހަމަލާދިން ތިންވަނަ ރޭ އެވެ. އިޒްރޭލުގެ ވަޒަންވެރިން ދަނީ ހުޅަނގު އައްސޭރީގައި ހުރި ގޭގެ އާއި އުޅަނދުތަކުގައި ހުޅުޖަހާ ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. ފަލަސްތީނުގެ ނިއުސް އެޖެންސީ "ވަފާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިލިޓަރީ ޗެކްޕޮއިންޓެއް ކައިރިން ދަތުރުކުރި އުޅަނދަކަށް އަމާޒުކޮށް އިޒްރޭލު މީހުން ވަނީ ގައު އުކާފަ އެވެ. މި ހަމަލާތަކުގެ ސަބަބުން އެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިޒްރޭލުގެ ވަޒަންވެރިން ވަނީ ޖެނީން ސަރަހައްދުގެ ބައެއް ގޭގެ އާއި އުޅަނދުތަކުގައި ހުޅުޖަހާ ބޮޑެތި ގެއްލުންތަކެއްދީފަ އެވެ. އަދި ޖެހިގެން އައި ދުވަހު ނާބުލްސްގައިވެސް އުޅަނދުތަކެއް އަންދާލާފައިވެ އެވެ.