އަސާސީ ތަކެތި ދަތިކަމެއް ނެތި ލިބޭނެކަން ކަށަވަރު ކުރުމަކީ އަމާޒު: ސައީދު

އަވަސް

24 މާރިޗު 2026 | އަންގާރަ | 11:42

ހަނގުރާމައިގެ ހާލަތުގައިވެސް ކާބޯތަކެއްޗާއި ތެލާއި ކައްކާ ގޭސް ދަތިކަމެއް ނެތި ލިބޭނެކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ކާބޯތަކެއްޗާއި ތެލާއި ކައްކާ ގޭސް ފަދަ އަސާސީ ތަކެތި ދަތިކަމެއް ނެތި ލިބޭނެކަން ކަށަވަރު ކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމަށާއި އެކަމަށް މަސައްކަތް ކުރަމުންދާއިރު އެކަމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ. އެ ގޮތުން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކުރިން ކަނޑައަޅާފައިވާ ތިން ބާވަތާއި އަސާސީ ކާބޯތަކެތީގެ ގޮތުގައި ފަހުން ކަނޑައެޅި 23 ބާވަތް މެދުނުކެނޑި ލިބޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު އިތުރަށް ވިދާޅުވީ ޗައިނާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާއެކު ހުރިހާ ބާވަތެއްގެ މުދާ ފަސޭހަކަމާއެކު ޗައިނާއިން ރާއްޖެ ގެނެވޭ ކަމަށެވެ. މީގެ އިތުރުން އެހެން ގައުުމުތަކާ ގުޅުން ވަރުގަދަކޮށް މުދާ ގެނެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް