ތިމަރަފުށީގެ ފަޅުގެއަކުން ކިލޯއެއްގެ މަސްތުވާތަކެތި ހޯދައިފި
އަވަސް
24 މާރިޗު 2026 | އަންގާރަ | 11:33
ތ. ތިމަރަފުށީގެ ފަޅުގެއަކުން ކިލޯއެއްގެ މަސްތުވާތަކެތި ހޯދައިފި އެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ތިމަރަފުށި ޕޮލިސް ގުޅިގެންނެވެ. ފުލުހުން ބުނީ ތިމަރަފުށީ ފަޅު ގެއެއްގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނުގައި އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ކޮތަޅު ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 94.23 ގުރާމެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން ގެންދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.