ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުއްޝަކުރޫ އަވަހާރަވެއްޖެ
އަވަސް
24 މާރިޗު 2026 | އަންގާރަ | 11:52
ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުއްޝަކުރޫ އަބްދުﷲ އަވަހާރަވެއްޖެ އެވެ.
އާއިލާ އިން މައުލޫމާތު ދިން ގޮތުގައި އޭނާ އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ޝަކުރޫ އަވަރާހަވުމާ ގުޅިގެން ފުލުހުންގެ އިދާރާއިން ވަނީ އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ. އަބްދުއްޝަކޫރު ވަނީ ސިފައިންނާއި ފުލުހުން އެއް އިދާރާއެއްގެ ގޮތުގައި މަސައްކަތް ކުރިއިރު ނޮވެންބަރު 3ގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރެއްވުމަށް ހިތްވަރާއެކު ސިފައިންގެ ލަޝްކަރުގައި މަސައްކަތް ކުރައްވާފަ އެވެ. އަދި ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި، މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައިވެސް ޝަކޫރު ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ. އަބްދުއްޝަކޫރު ވަނީ 43 އަހަރަށް ވުރެ ގިނަ ދުވަހު ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވާފަ އެވެ.