ތެޔޮ އެތެރެކުރުމަށް މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހަރަދު ކުރި: ތޯރިގު

އަވަސް

24 މާރިޗު 2026 | އަންގާރަ | 2:10

ތެޔޮ އެތެރެކުރުމަށް މިދިޔަ އަހަރު އެކަނިވެސް 10 ބިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ ތެޔޮ އެތެރެކުރުމަށް ޖީޑީޕީގެ 10 އިންސައްތަ ހަރަދުވި ކަމަށެވެ. މިނިސްޓަރު ތޯރިގު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްތަކަށް ކަރަންޓު ފޯރުކޮށް ދިނުމަށް ދުވާލަކު 7،965 ފީފާ ޑީސަލް ބޭނުންވާ ކަމަށާއި އަހަރަކަށް 2.9 މިލިއަން ފީފާ ޑީސަލް ބޭނުންވާ ކަމަށެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ ރިސޯޓުތަކަށްވެސް އަހަރަކަށް ގާތްގަނޑަކަށް 2.9 މިލިއަން ފީފާ ޑީސަލް ހަރަދުވާ ކަމަށެވެ. ތޯރިގު ވިދާޅުވީ ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެން ހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރަމުންދާ ކަމަށެވެ.

މައުޟޫޢުތަށް