އެމެރިކާ-އިޒްރޭލުން ހަމަލާ ދެނިކޮށް މަޝްވަރާއަށް ނުދާނަން: އީރާން
އަވަސް
24 މާރިޗު 2026 | އަންގާރަ | 4:45
އީރާނަށް އަމާޒުކޮށް ހަމަލާ ދެމުންދަނިކޮށް ހަނގުރާމަ ހުއްޓާލުމާއި ގުޅޭ ގޮތުން ވާހަކަ ނުދައްކާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
އީރާނުގެ އިސް އޮފިޝަލަކު މިހެން ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާއި ގުޅޭ ގޮތުން "ވަރަށް ރަނގަޅު އަދި އުފެއްދުންތެރި" މަޝްވަރާތަކެއް ކުރެވުނު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުންނެވެ. މަޝްވަރާތަކާއި ގުޅޭ ގޮތުން އެމެރިކާއިން ދައްކާ ވާހަކަތައް ދޮގުކޮށް އީރާނުން ބުނީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ. އަދި އީރާނަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދެމުންދާހާ ހިނދަކު ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ބުންޏެވެ. ވޭތުވެދިޔަ އަހަރުގެ ތެރޭގައި މަޝްވަރާތަކުގައި އީރާނުން ދެ ފަހަރަށް ބައިވެރިވި އެވެ. ނަމަވެސް އިޒްރޭލާއި އެމެރިކާ އިސްވެ އީރާނަށް ހަމަލާ ދިނީ މަޝްވަރާތައް ކުރިއަށް ދަނިކޮށެވެ. ހަނގުރާމަ ހަތަރު ވަނަ ހަފުތާއަކަށް ގޮސްފައިވާއިރު އީރާނުން ދަނީ މިސައިލާއި ޑްރޯނުން ހަމަލާ ދެމުންނެވެ. މީގެ އިތުރުން ހޮރުމޫޒު ކަނޑުއޮޅި ވަނީ ބަންދުކޮށްފަ އެވެ.