ދިރާގުގެ ރަން ކާށި ބިނދެގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު

އަވަސް

25 މާރިޗު 2026 | ބުދަ | 10:12

ދިރާގުން ފިތުރު އީދަށް ހާއްސަކޮށްގެން ތައާރަފްކުރި ޕްރޮމޯޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ހާއްސަ ފަރާތްތަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު އަދިވެސް ހުޅުވިފައި އެބައޮތް ކަމަށް ދިރާގުން ބުނެފި އެވެ.

މި ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންނަށް މި ރަމަޟާން މަހު ކުރިއަށް ގެންދިޔަ މަގުބޫލު "ކާށި ބިނުން" ޕްރޮމޯޝަނަށް ލިބުނު ތަރުހީބަށް ފަހު އެ ޕްރޮމޯޝަންގެ އިތުރު ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ. މި ގޮތުން ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން ފަސް މީހަކަށް ހިލޭ ޑޭޓާ ހަދިޔާކުރުމަށްފަހު ކާށި ބިނދެގެން އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ. މާދަމާގެ ނިޔަލަށް ދިރާގުއެޕް މެދުވެރިކޮށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. މި ގޮތުން، ހަދިޔާ ފޮނުވައިގެން ބިންނަ ކޮންމެ ކާށްޓަކަށް، ހަދިޔާ ފޮނުވާ ކަސްޓަމަރަށާއި ހަދިޔާ ލިބޭ ކަސްޓަމަރަށް ވެސް ފަސް ރަން ޓިކެޓު ލިބޭނެ އެވެ. މި ރަން ޓިކެޓުތަކުގެ އެހީގައި އަގުހުރި އިނާމުތައް ހޯދުމުގެ ގުރުއަތުގައި ބައިވެރިވެ، އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު އިތުރުކުރެވޭނެ އެވެ. އަދި ފަސް ކާށި ބިނދެގެން ރަން ކާށްޓެއް ބިނދެ، 50 ޓިކެޓް ހާސިލުކުރެވޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ހަދިޔާއެއްގެ ގޮތުގައި ހިލޭ ޑޭޓާ ލިބޭ ޕްރިޕެއިޑް ކަސްޓަމަރުންނަށް އެއް އަހަރު ދުވަހުގެ މުއްދަތައް، ކޮންމެ މަހަކަށް 1ޖީބީ ޑޭޓާ މުޅިން ހިލޭ ލިބި، ކޮންމެ މަހަކު ލިބޭ ޑޭޓާ ފަސް ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެ އެވެ. އަދި، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި ބޯނަސް ޑޭޓާ ލިބިގެންދާނެ އެވެ. މި ޑޭޓާ 24 ގަޑިއިރަށް ބޭނުންކުރެވޭނެ އެވެ. ދިރާގުން ދަނީ އެކި މުނާސަބަތުތަކަށް ހާއްސަކޮށްގެން ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދީ، އެއްބައިވަންތަކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ތަފާތު ޕްރޮމޯޝަންތައް ހިންގައި އަގުހުރި އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.

މައުޟޫޢުތަށް