ދިރާގުން ދޭ ފަހު ބޯޓު ހޯދުމުގެ ފުރުސަތައް ބާކީ 7 ދުވަސް

އަވަސް

25 މާރިޗު 2026 | ބުދަ | 10:22

ދިރާގުގެ ފޯރިގަދަ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މި މަހުގެ 31 އަށް ހަމަވާއިރު މި ޕްރޮމޯޝަނަށް އެންރޯލްކުރުމަށް ބާކީ އޮތީ އެންމެ 7 ދުވަސް ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ބުނީ މިއީ މި ޕްރޮމޯޝަނަށް އެންރޯލްކުރުމަށް ލިބޭ އެންމެ ފަހު ފުރުސަތު ކަމަށާއި މި ޕްރޮމޯޝަނަށް ކުރިން އެންރޯލްކޮށްފައިވާ ކަސްޓަމަރުންނަށް ވެސް ދެވަނަ ބޯޓު ހާސިލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މި ކަސްޓަމަރުންނަށް އަލުން އެންރޯލްކުރާކަށް ނުޖެހޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ. މި ޕްރޮމޯޝަންގެ ދަށުން ދެނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ 2 ސްޕޯޓްސް ސްޕީޑްބޯޓެކެވެ. މި ބޯޓު ދެނީ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު އެވެ. މި ހިތްގައިމު ސްޕީޑްބޯޓްތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ހިތްގައިމު ރީތި ސްޕީޑްބޯޓެކެވެ. މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރި ފަރާތައް ދިރާގުން ސްޕީޑްބޯޓް ހަވާލުކޮށްފައިވާއިރު އަދި ދެވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ މި އަހަރުގެ ޖޫން މަހު އެނގިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. ދިރާގުން ކުރިއަށްގެންދާ ފޯރިގަދަ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބަ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. މީގެ އިތުރުން، ދިރާގުޕޭއަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ. މި ގޮތުން، ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބަ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ. ޕްރޮމޯޝަންގައި އެންރޯލްކުރުމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ޕްރޮމޯޝަނަށް އެންރޯލް ކުރެވޭނެ އެވެ. މި ޕްރޮމޯޝަންގެ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.

މައުޟޫޢުތަށް