އިޒްރޭލްގެ އަމަލުތައް ހުއްޓުވުމަށް ރާއްޖެއިން ގޮވާލައިފި

އަވަސް

25 މާރިޗު 2026 | ބުދަ | 11:20

ހަމަޖެހުން ނަގާލުމަށް އިޒްރޭލުން ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

ރާއްޖެއިން މިކަމަށް ގޮވާލީ ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ބައްދަލުވުމުގައި އިއްވި ބަޔާނުގަ އެވެ. ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ދެއްވި ބަޔާނުގައި ވިދާޅުވީ ހުރިހާ އިންސާނީ ހައްގަކީ އެއް ހައްގު އަނެއް ހައްގާ ގުޅިލާމެހިފައިވާ ކޮންމެ އިންސާނަކާވެސް ގުޅިފައިވާ ހައްގެއް ކަމަށް ކަނޑައަޅާ ވިއެނާ ޑިކްލަރޭޝަނަށް ރާއްޖެއިން ތާއީދުކުރާ ކަމަށެވެ. މީގެ އިތުރުން އިޒްރޭލުން ހިންގަމުންދާ އުދުވާނީ އަމަލުތަކާއި ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ވަރުގަދަ އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ކުރާ ގޮވާލުން ސަފީރު ވަނީ ތަކުރާރު ކުރައްވާފަ އެވެ.

މައުޟޫޢުތަށް