ހައިކޯޓާއި ފެމިލީ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
އަވަސް
25 މާރިޗު 2026 | ބުދަ | 11:08
ހައިކޯޓާއި ފެމިލީ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
މި ދެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ހައިކޯޓާއި ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް ކުރިމަތިލެވޭނީ އެ ކޯޓްގެ ފަނޑިޔާރުކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުންނަށެވެ. ހައިކޯޓުގެ އިސް ފަނޑިޔާރުގެ އަސާސީ މުސާރަ އަކީ މަހަކު 47،700 ރުފިޔާ އެވެ. މީގެ އިތުރުން ލިވިން އެލަވަންސަށް މަހަކު 18،000 ރުފިޔާ އާއި ރިސްކް އެލަވަންސަށް މަހަކު 3،300 ރުފިޔާގެ އިތުރުން ފޯނު އެލަވަންސްވެސް ލިބޭނެ އެވެ. ފެމިލީ ކޯޓުގެ އިސް ގާޒީގެ އަސާސީ މުސާރަ އަކީ މަހަކު 39،700 ރުފިޔާ އެވެ. މީގެ އިތުރުން ލިވިން އެލަވަންސަށް މަހަކު 18،000 ރުފިޔާ އާއި ރިސްކް އެލަވަންސަށް މަހަކު 3،300 ރުފިޔާގެ އިތުރުން ފޯނު އެލަވަންސަށް މަހަކު 1،000 ރުފިޔާ ލިބޭނެ އެވެ. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މި ދެ މަގާމަށްވެސް ހެލްތު އިންޝުއަރެންސް ލިބޭނެ އެވެ.