ވައިކަރަދޫގައި 50 ހައުސިން ޔުނިޓް ތަރައްގީކުރަން އެޗްޑީސީއާ ހަވާލުކޮށްފި

އަވަސް

25 މާރިޗު 2026 | ބުދަ | 1:48

ހދ. ވައިކަރަދޫގައި 50 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރު އެވެ. މި މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރި އެޕާޓްމަންޓްގެ 50 ޔުނިޓެވެ. މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 480 ދުވަހެވެ.

މައުޟޫޢުތަށް