ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ބިން ހަވާލުކުރަން ތައްޔާރުވަނީ
އަވަސް
25 މާރިޗު 2026 | ބުދަ | 4:41
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން ބުނީ މި ސަރަހައްދު ސާވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް ހައުސިން މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށެވެ. ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ނިންމާލީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން 698 ގޯތީގެ ގުރުއަތުލީ މިދިޔަ ޑިސެމްބަރު މަހު އެވެ.