އީރާނަށް 15،000 އަށްވުރެ ގިނަ ބޮން އަޅައިފި
އަވަސް
25 މާރިޗު 2026 | ބުދަ | 5:46
އީރާނަށް 15،000 އަށްވުރެ ގިނަ ބޮން އަޅާފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.
ފާއިތުވި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި، މިހާތަނަށް އީރާނަށް 15,000 އަށްވުރެ ގިނަ ބޮން އަޅާފައިވާކަން ހާމަކުރީ އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ކާޓްޒް އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު 12 ދުވަހުގެ މުއްދަތަށް ހިނގި ހަނގުރާމައިގައި ބޭނުންކުރި މިންވަރަށްވުރެ ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ. މިހާރު ހިނގަމުންދާ ހަނގުރާމައިގައި އިޒްރޭލުން ދަނީ އީރާނުގެ ސްކޫލުތަކަށާއި އާންމުން ދިރިއުޅޭ ގެތަކަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ހަނގުރާމައިގެ ފުރަތަމަ ދުވަސްކޮޅު އެމެރިކާ އާއި އިޒްރޭލުން ކޮންމެ ދުވަހަކު އެވަރެޖްކޮށް 1،000 އެއްހާ ބޮން އީރާނަށް އަޅާފައިވެ އެވެ.