ފިތުރު ޒަކާތުން ލިބުނު ފައިސާއިން ޣައްޒާއަށް ކާބޯތަކެތީގެ އެހީ

އަވަސް

26 މާރިޗު 2026 | ބުރާސްފަތި | 12:04

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފި އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ޒަކާތު ހައުސް އިން 500،000 ރުފިޔާ ހަވާލުކުރީ އިސްރާ އެއޯސިއޭޝަނާއެވެ. ޒަކާތު ހައުސް އިން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ.

ކާބޯތަކެތީގެ މި ޕެކްގައި ހަނޑޫ، ކައްކާ ތެޔޮ އަދި ތަފާތު ބާވަތްތަކުގެ ދަޅު ކާނާ ހިމެނެ އެވެ. ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު 15 މިލިއަން ރުފިޔާ ލިބުނެވެ.

މައުޟޫޢުތަށް