އޮމާން އެއާއިން ގަލްފް ދަތުރުތައް މެދުކަނޑާލުން އިތުރުކޮށްފި
އަވަސް
26 މާރިޗު 2026 | ބުރާސްފަތި | 12:21
އޮމާންގެ ގައުމީ އެއާލައިން -- އޮމާން އެއާއިން ގަލްފުގެ ގައުމުތަކުގެ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން އިތުރުކޮށްފި އެވެ.
އޮމާން އެއާއިން ބުނީ ދުބާއީ، ދޯހާ، ބަހްރެއިން އަދި ކުވެއިތަށް ކުރާ ދަތުރުތައް އޭޕްރީލް 15 ގެ ނިޔަލަށް މެދުކަނޑާލާފައިވާ ކަމަށެވެ. މީގެ އިތުރުން އިރާގުގެ ބަގުދާދަށާއި ޑެންމާކުގެ ކޯޕަންހޭގަންއަށް ކުރާ ދަތުރުތައް ވެސް އެ ތާރީހާ ހަމައަށް މެދުކަނޑާލާފައިވާ ކަމަށް އޮމާން އެއާއިން ބުންޏެވެ. މި ދަތުރުތައް މެދުކަނޑާލި ނަމަވެސް އުރުދުންގެ އައްމާން އަދި ސައުދީ އަރަބިއްޔާގެ ދައްމާމަށް ކުރާ ދަތުރުތައް އޭޕްރީލް 1 އިން ފެށިގެން އަލުން ފަށާނެ ކަމަށް އޮމާން އެއާއިން ބުންޏެވެ. އޮމާން އެއާއިން މިހާރުވެސް ދަނީ އިންޑިއާގެ އިތުރުން ތައިލެންޑަށާއި މެލެޝިއާއަށް ދަތުރުތައް ބާއްވަމުންނެވެ.