އަބޫދާބީއަށް މިސައިލެއްގެ ބައިތަކެއް ވެއްޓި ދެ މީހަކު މަރުވެއްޖެ

އަވަސް

26 މާރިޗު 2026 | ބުރާސްފަތި | 12:48

އަބޫދާބީއަށް މިސައިލެއްގެ ބައިތަކެއް ވެއްޓި ދެ މީހަކު މަރުވެއްޖެ އެވެ.

ޔޫއޭއީގެ ވައިގެ ދިފާއީ ނިޒާމުން ކާމިޔާބުކަމާއެކު ހުއްޓުވި މި މިސައިލްގެ ބައެއް ބައިތައް ވެއްޓި ހިނގި ހާދިސާގައި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބުނުއިރު މަގުމަތީގައި ހުރި ވެހިކަލްތަކަށްވެސް ގެއްލުން ލިބުނެވެ. ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން މިއަދު ހެނދުނު ބުނީ އީރާނުން ފޮނުވާލި މިސައިލްތަކާއި ޑްރޯންތައް ޔޫއޭއީގެ ވައިގެ ދިފާއީ ނިޒާމުން ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި އީރާނުން ފޮނުވާލި 357 ބެލިސްޓިކް މިސައިލާއި 15 ކްރޫޒް މިސައިލް އަދި 1،815 ޑްރޯން ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށްވެސް ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ. ހަނގުރާމައިގައި މިހާތަނަށް ޔޫއޭއީގެ ސިފައިންގެ ތިން މީހަކު މަރުވެފައިވާ ކަމަށްވެސް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.

މައުޟޫޢުތަށް