ހިޔާވަހި ތަކާފުލް: ގޭގައި ހުންނަ މުދާ ރައްކާތެރިކޮށްދޭ ފުރިހަމަ ޕްލޭނެއް
އަވަސް
26 މާރިޗު 2026 | ބުރާސްފަތި | 1:13
އެލައިޑު އިސްލާމިކް ވިންޑޯގެ ހިޔާވަހި ތަކާފުލްއަކީ ގޭގައި ހުންނަ މުދަލަށް އަލިފާނުގެ ހާދިސާތަކާއި ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދޭ ފުރިހަމަ ޕްލޭނެކެވެ.
މި ޕްލޭންގެ ދަށުން ގޭގައި ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރު ފަދަ ތަކެތި ކަވަރުކޮށްދޭނެ އެވެ. މި ތަކެއްޗަށްް އަލިފާނުގެ ހާދިސާއެއް ނުވަތަ ބިންހެލުމެއް، ދުން ފެތުރުން، ވިއްސާރަވެ ފެންބޮޑުވުން، ފެން ހޮޅިއެއް ފަޅައިގެން ދިއުން، ނުވަތަ ގަދަކަމުން ވަދެގެން ވައްކަންކުރުން ފަދަ ކަންކަމުން ކުރިމަތިވާ ގެއްލުމުގެ ބަދަލު މި ޕްލޭނުން ލިބޭނެ އެވެ. އަލިފާނުގެ ހާދިސާތަކާއި ވިއްސާރައިގައި ފެންބޮޑުވެ އާންމުންގެ އަގުބޮޑެތި މުދަލަށް ގެއްލުން ލިބޭއިރު މި ޕްލޭނުން އެކިއެކި ބާވަތުގެ މުދަލަށް ކަވަރޭޖު ފޯރުކޮށްދެއެވެ.
މިއިން ކޮންމެ ގިންތިއެއްގައި ވެސް، އެކި ބާވަތުގެ މުދަލަށް ފޯރުކޮށްދޭނެ ޖުމްލަ ކަވަރޭޖުގެ މިންވަރު ތަފާތެވެ. އެ ގޮތުން "ބޭސިކް" ޕެކޭޖުގައި އެއާކޮންޑިޝަނަރަށް 18،000 ރުފިޔާގެ މެކްސިމަމް ކަވަރޭޖު ލިމިޓެއް ކަނޑައަޅާފައިވާ އިރު، މިއަށް "ޕްރީމިއަމް" ޕެކޭޖުގައި 33،000 ރުފިޔާ އަދި "ލަގްޒަރީ" ގިންތީގައި 60،000 ރުފިޔާގެ ކަވަރޭޖެއް ލިބެ އެވެ. އެހެންކަމުން "ހިޔާވަހި" ޕްލޭނެއް ބައްލަވައިގަންނަވާއިރު ގޭގައި ހުންނަ މުދަލުގެ އަގަށް ރިއާޔަތްކޮށް އެންމެ އެކަށޭނަ ކަވަރޭޖު ލިބޭ ޕްލޭނެއް ނެންގެވުމަށް ވިސްނަވަން ވާނެ އެވެ. "ހިޔާވަހި" ތަކާފުލް އަކީ ޖީބަށް ލުއި އަދި ފުޅާ ކަވަރޭޖެއް ލިބޭ ޕްލޭނެކެވެ. އޭގެ އިތުރުން މިއީ ނެންގެވުމަށް ވެސް ވަރަށް ފަސޭހަ ޕްލޭނެކެވެ. އެލައިޑްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް މަދު ވަގުތުކޮޅެއް ހޭދަކޮށްލައިގެން "ހިޔާވަހި" ޕްލޭނެއް ނެންގެވޭނެއެވެ.