ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް މި އަހަރު ފަށަނީ

އަވަސް

27 މާރިޗު 2026 | ހުކުރު | 9:24

ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މި އަހަރު ފެށުމަށް ނިންމައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިމާލޭގައި އިމާރާތްކުރާ 300 އެފޯޑަބަލް ހައުސިން މަޝްރޫއުގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މި އަހަރުގެ ޖުލައި ނުވަތަ އޮގަސްޓް މަސް ތެރޭގައި ފެށޭނެ ކަމަށެވެ. ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން ތަރަރައްގީ ކުރަނީ 112 އެނދުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގައި ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ދިނުމަށް ދިނުމަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދެނީ ޗައިނާ ސަރުކާރުންނެވެ.

މައުޟޫޢުތަށް