ދިވެހި ކިޔަވާ ޗައިނާގެ ޒުވާނުން ދިވެހި ހެދުމުގައި

މިހާރު

1 ޖޫން 2025 | އާދިއްތަ | 3:34

ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވާސިޓީގައި 2022 ވަނަ އަހަރުން ފެށިގެން ދިވެހި ބަސް ކިޔަވައިދެމުން އަންނައިރު މިދިޔަ މަހުގެ 14 ވަނަ ދުވަސް ހާއްސަ އެވެ. އެތަނުގައި މިހާރު ދިވެހި ކިޔަވަމުން އަންނަ 22 ދަރިވަރުން ދިވެހި ހެދުމުގައި ތިބެ ދިވެހި ބަހާއި ސަގާފަތަށް އޮތް ލޯބި ދައްކާލި އެވެ.

އެކި ބަސްތަކަށް ހާއްސަކޮށްގެން ހަރަކާތްތައް ބާއްވާ އެ ޔުނިވަސިޓީގައި އޭޝިއާ-އެފްރިކާގެ ތީމަށް ހާއްސަކޮށްގެން ބޭއްވި ހަފުލާގައި އޭޝިއަން ސްޓަޑީޒްގެ ދަރިވަރުން ދިވެހިވަންތަކޮށް ފެނުމުގެ ފަހަތުގައި ހުރީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ދިވެހި ބަހާއި ސަގާފަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށް، އޭޝިއަން ސްޓަޑީޒްގެ ފެކަލްޓީގައި ލެކްޗަރާއަކަށް އުޅޭ ޗައިނާގެ ޝޫ ފަންގުފަންގް އެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެ ފެކަލްޓީން ހިންގާ އެއް އަހަރުގެ ކޯހުގައި ތިން ގައުމެއްގެ ބަސް އިހުތިޔާރު ކުރެވޭނެ އެވެ. އޭގެ ތެރެއިން 22 ޒުވާނަކު އަންނަނީ ދިވެހި ބަހުން ލިޔެ، ވާހަކަ ދައްކަން ދަސްކުރަމުން ކަމަށް އޭނާ ބުންޏެވެ.

މައުޟޫޢުތަށް