އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ސަރުކާރުގެ ހާއްސަަ ކުންފުންޏެއް ރައީސް އުފައްދަވައިފި
މިހާރު
30 މޭ 2025 | ހުކުރު | 9:29
ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ހާއްސަ 100 ޕަސެންޓު ދައުލަތުގެ ހިއްސާ އޮންނަ ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން މިރޭ ބުނީ ކުންފުނީގެ ގާނޫނުގެ ދަށުން "އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް"ގެ ނަމުގައި ރައީސް މުއިއްޒު ކުންފުންޏެއް މިއަދު އުފައްދަވާފައިވާ ކަމަށެވެ.
އެ ކުންފުނި އުފައްދަވާފައި ވަނީ މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.