ފުލުހުންގެ ތަސައްވުރު ރަނގަޅު ކުރެވޭނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިސްކަންދީގެން: ނަވީން

މިހާރު

31 މޭ 2025 | ހޮނިހިރު | 12:00

ފުލުހުންގެ މުއައްސަސާގެ ތަސައްވުރު ރަނގަޅު ކުރެވޭނީ ކޮންމެ ފުލުހަކު ވެސް އެ ފުލުހެއްގެ ޑިއުޓީ އަދާކުރާއިރު ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނަ ކަންކަން ދެނެގަނެ އަމިއްލަ އަށް އިސްނަގައިގެން މަސައްކަތް ކޮށްގެން ކަމަށް އެ މުއައްސަސާ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރި 196 ފުލުހެއްގެ ދަސްވެނިވުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.

އައްޑޫ ޓްރެއިނިން ސްކޫލުން ގްރެޖުއޭޓުވި ފުލުހުންނަށް ސެޓްފިކެޓު ދިނުމުގެ ހަފުލާގައި ނަވީން ވިދާޅުވީ، ފުލުހުންގެ ތަސައްވުރު ރަނގަޅު ކުރެވޭނެ ދެވަނަ ކަމަކީ ރައްޔިތުންނާ ރީތި ބަހުން މުއާމަލާތްކޮށް، ރައްޔިތުން އެދޭ ގޮތަށް ފުލުހުންގެ ހިދުމަތް ބައްޓަން ކޮށްގެން ކަމަށެވެ.

މައުޟޫޢުތަށް