ހަނި ގޯޅިތަކުން ގޯތި ދޫކޮށްލާ މީހުންނަށް ލާޖައްސާފައި އެހެން ގޯއްޗެއް ދޭ މަޝްރޫއު ފަށަނީ
މިހާރު
31 މޭ 2025 | ހޮނިހިރު | 1:43
ގޯތި ދޫކޮށްލާ މީހުންނަށް ޖާގަ ދޫކުރަނީ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު އަދި ރަސްމާލެއިން.
މާލޭގައި ހަނި ގޯޅިތަކާއި މަގުތަކުގައި ހުންނަ ގެތައް ސަރުކާރަށް ދޫކޮށްލާ ނަމަ ލާ ޖައްސައިގެން އެހެން ސަރަހައްދަކުން ގޯތި ދޭން ރާވާފައި ޕްލޭނު މި އަހަރު ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި، ރައީސް ރޭ ފާހަގަކުރެއްވި ގޮތުގައި ހަނި ގޯޅުތަކުގައި ހުންނަ ގެތައް ހެދުމަށް ލޯނު ނުލިބޭ މީހުންނަށް ހައްލެއް ހޯދައި ދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ.