އީދަށް 65 ރަށެއް ދިއްލާނެ، ބޮކިފައްޗާއި ގިޑިގެ ހަރުކުރަން ފަށައިފި
މިހާރު
1 ޖޫން 2025 | އާދިއްތަ | 12:31
ކުރިއަށް އޮތް ބޮޑު އީދުގެ އުފާފާޅުކުރަން، މާލޭގެ އިތުރުން 65 ރަށް ދިއްލަން ލައިޓު ހަރުކުރުމުގެ މަސައްކަތް ކައުންސިލްތަކާއި ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކް މިނިސްޓްރީން ގުޅިގެން ފަށައިފި އެވެ.
ކުލަބޮކިތަކާއި ގިޑިގެތަކުން މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ ދިއްލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު 2023ވަނަ އަހަރުގެ ބޮޑު އީދާ ދިމާކޮށް ފެއްޓެވި މަސައްކަތެކެވެ.
އޭގެ ފަހުން މުޅި ރާއްޖޭގައި ކުލަ ގަދަކޮށް އީދުގެ އުފާފާޅުކުރަން ލައިޓްތަކުން ދިއްލަ އެވެ. މި އަހަރުގެ ފިތުރު އީދު ފާހަގަކުރަން ސަރުކާރުގެ ހަރަދުގައި 65 ރަށެއް ވަނީ ދިއްލައިފަ އެވެ.