އެންމެ ފުރަތަމަ ޑިޖިޓަލް ކުރަނީ ސިއްހީ ދާއިރާ، އޭރުން މައުލޫމާތެއް ނުފޮރުވޭނެ: ރައީސް
މިހާރު
1 ޖޫން 2025 | އާދިއްތަ | 12:09
ރާއްޖެއަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ފަށާފައިވާ "މޯލްޑިވްސް 2.0" ގެ ދަށުން އެންމެ ފުރަތަމަ ވެސް ޑިޖިޓަލް ކުރާނީ ރާއްޖޭގެ ސިއްހީ ދާއިރާ ކަމަށާއި އޭގެ ސަބަބުން މައުލޫމާތު ނުފޮރުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އިއްޔެ ރޭ ވިދާޅުވީ މޯލްޑިވްސް 2.0 ގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ ސަބަބުން ފައިދާ ބޮޑުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޕްރައިވެޓް ކްލިނިކްތަކުން ޓެސްޓުތައް ހެދުމުން އޭގެ ޑޭޓާ އެހެން ހޮސްޕިޓަލުތަކަށް މިހާރު ނުލިބުނު ނަމަވެސް ޑިޖިޓަލް ކުރުމުން ހޮސްޕިޓަލުތަކުން ބޭނުން ކުރަމުން އަންނަ ކުދިކުދި ޕޯޓަލްތަކުގެ ބަދަލުގައި ބޭނުންކުރާނީ އެއް ޕޯޓަލެއް ކަމަށެވެ. އޭގެ ސަބަބުން، އެއްވެސް މީހަކަށް ޑޭޓާ ނުފޮރުވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.