ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަމުގައި އިތުރު ކުންފުންޏެއް އުފައްދަވައިފި

މިހާރު

1 ޖޫން 2025 | އާދިއްތަ | 12:12

ގްރޭޓާ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަމުގައި ސަރުކާރު ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.

އެ ކުންފުނި އުފެއްދެވީ ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި ރައީސްގެ ގަރާރަކުންނެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އެކުލެވޭ މި ކުންފުނި އުފެއްދީ ދިވެހި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޑިޖިޓަލް ފައިނޭންޝަލް ސާވިސް އާއި ޑިޖިޓަލް ރިއަލް އެސްޓޭޓާއި ފައިނޭންޝަލް ޓޫރިޒަމާއި ބޭންކިންގެ ހިދުމަތް ހިމެނޭ ގޮތަށް، މާލީ ހިދުމަތްތެރިކަމުގެ ސިނާއަތު ރާއްޖޭގައި ކުރިއަރުވަން ކަމަށް ރައީސް އޮފީހުން ބުންޏެެވެ.

މައުޟޫޢުތަށް