ޔޫކޭއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާ ނުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

މިހާރު

1 ޖޫން 2025 | އާދިއްތަ | 12:17

މޯލްޑިވްސް- ޔޫކޭ ޑަޔަލޮގުގައި، ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ އެއްކޮށް ކަނޑާލުމުގެ މަޝްވަރާ ހިމަނާފައިނުވާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރި މަސައްކަތުން، އިނގިރޭސިވިލާތަށް ރާއްޖެއިން ބޭރުކުރާ މަހަށް ނަގަމުން އައި ޑިއުޓީ 24 ޕަސެންޓުން 20 ޕަސެންޓަށް ތިރިކުރެވުނު ކަމަށާއި އެ ޑިއުޓީ އެއްކޮށް ކަނޑާލުމަށް ދެ ގައުމުގެ ދެމެދުގައި ފްރީ ޓްރޭޑް އެގްރީމަންޓެއް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔަ ކަމަށެވެ.

"މިފަހަރުގެ ޑަޔަލޮގުގައި އެކަން އުނިކޮށްފައިވާ ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށް ދެއްވުމަށް ގޮވާލަން،" ޝާހިދު ވިދާޅުވި އެވެ.

މައުޟޫޢުތަށް