ދުނިޔޭ އެންމެ މުއްސަނދި ކްލަބް، ރެއާލްގެ މިދިޔަ އަހަރުގެ އާމްދަނީ 6.75 ބިލިއަން ޑޮލަރަށް

މިހާރު

1 ޖޫން 2025 | އާދިއްތަ | 1:31

ދުނިޔޭގެ އެންމެ މުއްސަނދި ފުޓްބޯޅަ ކްލަބްގެ މަގާމު ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ރެއާލް މެޑްރިޑުން ދަމަހައްޓައިފި އެވެ.

ވިޔަފާރި ދާއިރާ އަށް ހާއްސަ މިޑިއާ އައުޓްލެޓް "ފޯބްސް" މަޖައްލާއިން ހުކުރު ދުވަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ރެއާލްގެ މިދިޔަ އަހަރުގެ އާމްދަނީ 6.75 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ. ހުކުރު ދުވަހު ފޯބްސްއިން އިއުލާން ކުރީ 2024-2025 ސީޒަނުގެ އާްމްދަނީ އެވެ.

ރެއާލުން ވަނީ ބިލިއަން ޑޮލަރަށް އާމްދަނީއެއް ހޯދި ފުރަތަމަ ކްލަބްގެ ޝަރަފު މިދިޔަ އަހަރު އިއުލާން ކުރި ފޯބްސްގެ ލިސްޓުން ހޯދައިފަ އެވެ. އެ ސީޒަނުގައި (2023-2024 ގެ) އެ ކްލަބްގެ އާމްދަނީއަކީ 1.13 ބިލިއަން ޑޮލަރެވެ.

މައުޟޫޢުތަށް