ކަރަންޓު ކެނޑުމުން މާލެ ސަރަހައްދުގެ ސްކޫލުތައް މިއަދު ބަންދު ކޮށްފި
މިހާރު
1 ޖޫން 2025 | އާދިއްތަ | 2:27
މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން ސްކޫލްތަކުގެ ދެ ވަނަ ސެޝަންގެ ކިޔެވުން މިއަދު ބަންދު ކޮށްފި އެވެ.
ދަރިވަރުން ސްކޫލްގައި ތިއްބައި 1:00ހާއިރު ކަރަންޓް ކެނޑުމާ އެކު، ދަރިވަރުން ވަނީ ގެއަށް ފޮނުވާލައިފަ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ ސެޝަން ފެށިގަޑިއަށް ވެސް ކަރަންޓު ނުލިބޭތީ މިއަދު މެންދުރު ދަންފަޅީގެ ކުދިންނަށް ސްކޫލުތައް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.