އިންޑިގޯ އިން އެއާބަސް އޭ350 ވައިޑްބޮޑީ 30 ބޯޓަށް އޯޑަރު ދީފި
މިހާރު
2 ޖޫން 2025 | ހޯމަ | 6:47
އިންޑިއާގެ އިންޑިގޯ އެއާލައިނުން އެއާބަސް އޭ350-900 މަރުކާގެ 30 މަތިންދާބޯޓު ހޯދަން ކޮންޓްރެކްޓް ފައިނަލްކޮށް، ޔޫރަޕްގެ އެއާބަސްގެ ވައިޑްބޮޑީ މަތިންދާބޯޓުތަކުގެ ޖުމްލަ އޯޑަރު 60 އަށް އިއްޔެ އިތުރުކޮށްފި އެވެ.
"އެއާބަސް އޭ350-900 މަރުކާގެ 30 ބޯޓަށް އޯޑަރު އެބަ ދެން،" އިންޑިގޯގެ ސީއީއޯ ޕިއޭޓާ އެލްބާސް ވިދާޅުވި އެވެ.
އިންޑިގޯއިން މި އޯޑަރު ދީފައި ވާއިރު 2006 ވަނަ އަހަރު އުފެއްދި އެ ކުންފުންޏަކީ މިހާރުވެސް ސިވިލް އޭވިއޭޝަންގެ ތާރީހުގައި ވެސް ވޮލިއުމްގެ ގޮތުން އެންމެ ބޮޑު ކޮންޓްރެކްޓް ހަދާފައިވާ ކުންފުންޏެވެ. އެއީ 2023 ވަނަ އަހަރު، ސިންގަލް އައިލް 500 އެއާބަސް އަށް ދިން އޯޑަރެވެ.