ދަރިފުޅުގެ ފިލްމު ފުލޮޕްވީ ނެޕޮޓިޒަމްގެ ބަހުސާ ހެދި: އާމިރް
މިހާރު
2 ޖޫން 2025 | ހޯމަ | 9:36
ބޮޑު ސްކްރީނުގައި އެޅުވި އޭނާގެ ދަރިފުޅު ޖުނައިދު ޚާންގެ ފުރަތަމަ ފިލްމު "ލަވްޔާޕާ"" ފުލޮޕްވީ ނެޕޮޓިޒަމްގެ ބަހުސާ ހެދި ކަމަށް ބޮލީވުޑްގެ އެކްޓަރު އާމިރް ޚާން ބުނެފި އެވެ.
އިންޑިއާގެ ޔޫޓިއުބާ ރާޖް ޝަމާނީއަށް އިއްޔެ ދިން އިންޓަވިއުއެއްގައި އާމިރް ބުނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ކޮންމެ ފަހަރަކު އޭނާ ވެސް އުޅުނީ ވަރަށް އުނދަގުލުގައި ކަމަށެވެ. އެކަމަކު، އަމިއްލަ ފިލްމުތަކުގެ ނާކާމިޔާބީއަށް ވުރެ ބޮޑަށް، މިހާރު ފިލްމީ ދާއިރާއަށް އަލަށް ނުކުމެގެން އުޅޭ އޭނާގެ ދަރިފުޅުގެ މަސައްކަތްތަކާ މެދުގައި މާ ބޮޑަށް ވިސްނޭ ކަމަށް އާމިރް ބުންޏެވެ.
"އަހަރެން ބޭނުންވޭ އޭނާ ކާމިޔާބު މީހަކަށް ވާން، އުފަލުގައި ހުންނަން އަދި އޭނާ ކުރާ މަސައްކަތް މީހުން ބަލައިގަންނަން،" އާމިރް ބުންޏެވެ.