ވާޓްޒްއަށް ލިވަޕޫލްގެ ދެވަނަ ބިޑްވެސް ރިޖެކްޓް، ތިންވަނަ ބިޑަށް 170 މިލިއަން ޑޮލަރު
މިހާރު
2 ޖޫން 2025 | ހޯމަ | 6:15
ފްލޮރިއަން ވާޓްޒް ގެންދަން ލިވަޕޫލުން ދެވަނަ ފަހަރަށް ހުށަހެޅި ބިޑް ވެސް ބަޔާ ލެވަކޫސަނުން ބަލައި ނުގަނެ އަނބުރާ ރައްދުކޮށްފި އެވެ.
ޖަރުމަނުގެ ކުޅިވަރު ނޫސް "ކިކާ" އިން ބުނީ ލިވަޕޫލުން ފުރަތަމަ ހުށަހެޅީ 114 މިލިއަން ޑޮލަރުގެ ބިޑެއް ކަމަށެވެ. އެ ބިޑް ބަލައި ނުގަންނަން ޖަރުމަނުގެ ޓީމުން ނިންމީ އެއަށް ވުރެ ބޮޑު އަގެއް ވާދަވެރި ބެޔާން މިޔުނިކުން އޭރު ހުށަހަޅައިފައި ވުމުންނެވެ.
މިދިޔަ ހަފުތާގެ ފަހުކޮށް ލިވަޕޫލުން ވަނީ 147 މިލިއަން ޑޮލަރަށް މަތިކޮށް ދެވަނަ ފަހަރަށް ބިޑް ހުށަހަޅައިފަ އެވެ. އެ ބިޑް ވެސް ލެވަކޫސަނުން ބަލައި ނުގަނެ އަނބުރާ ރައްދު ކުރި ކަމަށް ކިކާއިން ބުންޏެވެ.