ނޯމަލައިޒޭޝަން ކޮމިޓީއަށް އެހީވާން 2800 ޑޮލަރުގެ މުސާރައަކަށް އިއުލާން ނުކޮށް މީހަކު ނަގައިފި

މިހާރު

2 ޖޫން 2025 | ހޯމަ | 8:56

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތަށް އެހީވާން 2800 ޑޮލަރު ( 43،288ރ.) ގެ މުސާރައެއް ދޭ ގޮތަށް އިއުލާން ނުކޮށް މުވައްޒަފެއް ނަގައިފި އެވެ.

އެފްއޭއެމްގެ ފަރާތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް މިހާރު ހަމަޖައްސާފައިވާ، ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު އިސްމާއީލް ސިމަން ވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ހަމަވާން ވެސް ކައިރިވެފައިވުމުން މަސައްކަތްތައް ހަލުވި ކުރަން އެކަމަށް މުވައްޒަފެއް ނަގާފައިވާކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ އެ މުވައްޒަފު ނެގީ ފީފާގެ ވެސް ހުއްދަ ލިބިގެން ކަމަށެވެ.

މައުޟޫޢުތަށް