ގަސްޕެރީނީ ރޯމާ އަށް، ސާރީ އެނބުރި ލާޒިއޯ އަށް

މިހާރު

2 ޖޫން 2025 | ހޯމަ | 10:00

އިޓަލީގެ އޭއެސް ރޯމާގެ ކޯޗަކަށް ޖިއަން ޕިއޭރޯ ގަސްޕެރީނީ އަދި، ލާޒިއޯގެ ކޯޗަކަށް މައުރީޒިއޯ ސާރީ ހަމަޖައްސަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ނުވަ އަހަރު އެޓަލާންޓާ އަށް ކޯޗުކޮށްދީ، ވަރުގަދަ ޓީމެއް ބިނާކޮށްދީފައިވާ ގަސްޕެރީނީ ވަނީ އެ ކްލަބް ދޫކޮށްލާކަން ކަށަވަރުކޮށްދީފަ އެވެ.

މިދިޔަ އަހަރު އެޓަލާންޓާ އަށް ޔުރޮޕާ ލީގު ކާމިޔާބުކޮށްދިން ގަސްޕެރީނީ ބުނީ އެ ކްލަބް ދޫކޮށްލަން ނިންމުމުގައި ކްލަބުގެ ވެސް އަދި ޑިރެކްޓަރެއްގެ ވެސް މައްސަލައެއް ނެތް ކަމަށާއި، މިއީ އަމިއްލަ ނިންމުމެއް ކަމަށެވެ.

މައުޟޫޢުތަށް