ޕޮލިސް ކޮމިޝަނަރު ކަމަށް ނަވީން، ފަރުހާދު އަދި ޝަމީމް ކުރިމަތިލައްވައިފި
މިހާރު
2 ޖޫން 2025 | ހޯމަ | 12:35
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ މިހާރު ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން އާއި ކުރީގެ އެކްޓިން ސީޕީ ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ކުރިމަތިލައްވައިފި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ދިން މުއްދަތު މިއަދު މެންދުރު 12:00 އަށް ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ އެ ތިން ބޭފުޅުންނެވެ.
ހޯމް މިނިސްޓްރީން މިދިޔަ ހަފުތާގައި ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ކަމަށެވެ.