ކަނޑުދަތުރު ނުކުރެވޭ ވަރަށް އީދުގައި މޫސުން ގޯސްވާނެ ކަމަށް ލަފައެއް ނުކުރެވޭ: މެޓް

މިހާރު

2 ޖޫން 2025 | ހޯމަ | 1:59

ކަނޑުދަތުރުފަތުރު ނުކުރެވޭ ވަރަށް ބޮޑު އީދު ބަންދުގައި މޫސުން ގޯސްވާނެ ކަމަށް އަދި ލަފައެއް ނުކުރެވޭ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އީދު ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކޮންމެވެސް ވަރަކަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައިޖެހޭނީ އާންމު ގޮތެއްގައި އެވްރެޖުކޮށް 10 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ކަނޑުތައް އެންމެ މަޑުނުވިޔަސް، ކަނޑުދަތުރުފަތުރު ނުކުރެވޭ ވަރަށް ގަދަވާނެ ކަމަށް ލަފާނުކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ.

މައުޟޫޢުތަށް