އޮސްޓްރޭލިއާއިން ރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރަނީ
މިހާރު
2 ޖޫން 2025 | ހޯމަ | 3:12
އޮސްޓްރޭލިއާއިން އެމްއެންޑީއެފްއަށް "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓެއް ހަދިޔާކުރަން ނިންމައިފި އެވެ.
އެކަން އިއުލާންކުރީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ބަންޑާރަ ކޮށީގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމުގައި ރިޗާޑް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ ބޯޓު ބަނުމުގެ މަސައްކަތް ކަމަށާއި އަދި އަންނަ އަހަރު އެ މަސައްކަތް ނިންމައި، އެމްއެންޑީއެފްއާ ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޮސްޓްރޭލިއާގައި ބަންނަ އެ ބޯޓަކީ ދެ ގައުމުގެ ގުޅުން ހާމަކޮށްދޭ ރަމްޒެއް ކަމަށް ރިޗާޑް ވިދާޅުވި އެވެ.