މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި އަދި ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެ
މިހާރު
2 ޖޫން 2025 | ހޯމަ | 4:29
މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި އަދި ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓްރީން ބުނީ ހުކުރު ދުވަހު ފާހަގަކުރާ އީދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމްގެ އިތުރުން ހުޅުމާލެ 2 ގެ ކުރިކެޓް ސްޓޭޑިއަމް ސަރަހައްދުގައި ކަމަށެވެ.
މޫސުން ތަން ނުދިނުމުގެ ސަބަބުން ބޮޑު ޖަމާއަތުގެ އީދު ނަމާދު މާލެ ސަރަހައްދުގައި ކެންސަލް ކުރަން ޖެހިއްޖެ ނަމަ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.