ހޫނު ގަދަކަމުން 44 ހައްޖާޖީއަކަށް ހީޓް ސްޓްރޯކް ޖެހިއްޖެ
މިހާރު
2 ޖޫން 2025 | ހޯމަ | 4:08
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާގެ މައްކާއަށް ހުކުރު ދުވަހުގެ ނިޔަލަށް 1.3 މީހުން ޖަމާވެފައި ވާއިރު ގަދަ ހޫނުގެ ސަބަބުން މިހާތަނަށް 44 މީހަކަށް ހީޓް ސްޓްރޯކް ޖެހިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ހައްޖުގެ އަޅުކަމަށް ފަހުގެ ތައްޔާރީތައް ވެފައި ވާއިރު އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވަނީ ގަދަ ހޫނުގެ ސަބަބުން ކުރިމަތިވާނެ މައްސަލަތައް މަދުކުރުމަށެވެ.
އަންނަ ބުރާސްފަތި ދުވަހު އަރަފާތު ބިމަށް ހައްޖާޖީން ޖަމާވެ ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރާ ދުވަސްވަރު ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.