އަންހެނުންނަށް ހާއްސަ "ފަށާ މަދަދު ލޯނު"ގެ ދެވަނަ ފިޔަވަހި މި މަހު ފަށަނީ

މިހާރު

2 ޖޫން 2025 | ހޯމަ | 3:52

އަންހެނުންނަށް އަމާޒުކޮށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ "ފަށާ މަދަދު ލޯނު" ސްކީމްގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަންތައް މި މަހު 15 ގައި ބަލައިގަންނަން ފަށަން ނިންމައިފި އެވެ.

އެސްޑީއެފްސީ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަންހެނުންނަށް ހާއްސަ 100 މިލިއަން ރުފިޔާގެ ސްޓާޓް-އަޕް ލޯން ސްކީމް "ފަށާ މަދަދު ލޯނު"ގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުން މި މަހު 15 ގައި ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޕްލިކޭޝަން ބަލައިގަންނާނީ އެސްޑީއެފްސީގެ ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް އިން ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުންޏެވެ.

މައުޟޫޢުތަށް