މާލީ އިދާރާތަކަށް ލައިސަންސް ދެނީ ގާނޫނީ ހުރިހާ ކަމެއް ފުރިހަމަ ވުމުން: އެމްއެމްއޭ

މިހާރު

2 ޖޫން 2025 | ހޯމަ | 7:59

މާލި އިދާރާތަކަށް ލައިސަންސް ދޫކުރަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

އެމްއެމްއޭ އިން އެހެން ބުނީ، ބީއައިސީ ބޭންކް މޯލްޑިވްސް އަށް ހުއްދަ ނުދޭން ކުރިން ނިންމި ނިންމުމާ ގުޅޭ ގޮތުން ދެއްކެވޭ ވާހަކަތަކާ އެކު އެވެ. ނަމަވެސް މިދިޔަ ހަފުތާގައި ވަނީ ލައިސަންސް ހޯދުމަށް ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް އެ ބޭންކުން ފުރިހަމަ ކުރުމުން އަލުން ހުއްދަ ދީފަ އެވެ.

ބީއައިސީ ބޭންކަކީ ކެމްބޯޑިއާގެ ރައްޔިތަކާއި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

މައުޟޫޢުތަށް