ހައްޖަށް ދާ މީހުން މެޑިކަލް އަށާއި ވެކްސިން ޖަހަން މާލެ އަންނަން ނުޖެހޭ ގޮތަށް ފަހިކޮށްދެނީ
މިހާރު
2 ޖޫން 2025 | ހޯމަ | 11:26
ދިވެހި ހައްޖުވެރިން މައްކާގައި ޑޮކްޓަރަށް ދެއްކުމަށް ފަހު ނަގާ ބޭސް ވެސް މިއަދުން ފެށިގެން ހިލޭ ލިބޭނެކަން ރައީސް އިއުލާން ކުރެއްވި.
ރާއްޖެ އިން ހައްޖުގެ އަޅުކަމަށް ދާ މީހުން ކޮންމެ ރަށެއްގައި ތިއްބަސް ހައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ގޮތް އަދި މާލެ ނައިސް އެ ރަށަކުން ވެކްސިން ވެސް ހިލޭ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުންނާ އެކު މިއަދު ހަވީރު މައްކާގައި ބޭއްވެވި ބައްދަލުވުމުގަ އެވެ.