ބޮލީވުޑްގައި ދީޕިކާ އާއި ސަންދީޕުގެ އަރައިރުމެއް!

މިހާރު

3 ޖޫން 2025 | އަންގާރަ | 7:34

އިންޑިއާގެ ޑައިރެކްޓަރު ސަންދީޕް ރެއްޑީ ވަންގާގެ އާ ފިލްމު "ސްޕިރިޓް"ގެ ލީޑު އެކްޓްރެސްގެ ރޯލަށް ދީޕިކާ ޕަޑުކޯންގެ ބަދަލުގައި ތުރިޕްތީ ދިމްރީ ހަމަޖެއްސި ފަހުން ސަންދީޕާއި ދިޕިކާއާ މެދުގައި އަރައިރުމެއް ހިނގައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ރޯލު ދީޕިކާއަށް ދިނުމަށް ފަހު އަތުލީ ދީޕިކާގެ ފަރާތުން ކުރި ޑިމާންޑުތައް މާ ބޮޑުވުމުގެ ސަބަބުން ސަންދީޕްއާ ދެމީހުންގެ މެދުގައި ހިނގި ދެބަސްވުންތަކަކަށް ފަހުގަ އެވެ. ދީޕިކާ ޑިމާންޑްކުރީ ފިލްމު ޝޫޓިންގައި އުޅޭ ވަގުތު ދުވާލަކު ހަ ގަޑިއިރަށް ކުޑަކޮށްދިނުމަށާއި މުސާރައިގެ ގޮތުގައި 20 ކްރޯޑް ރުޕީސް ދިނުމަށެވެ. އެކަމަކު، ސަންދީޕް އެގޮތް ބޭނުން ނުވުމުން އެ ޕްރޮޖެކްޓުން ދީޕިކާ ވަނީ ވަކިކޮށްފަ އެވެ.

އެ ރޯލުން ދީޕިކާ ވަކިކުރުމާ އެކު ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކުރީ ދީޕިކާ އެ ފިލްމުން ވަކިކުރީ ސަންދީޕް "އާރު ރޭޓެޑް" ފިލްމެއް ހަދަން ބޭނުންވި ނަމަވެސް، ދީޕިކާ އެކަމާ ދެކޮޅު ހެދުމުން ކަމަށެވެ. އަދި ދީޕިކާގެ ބަދަލުގައި އެ ރޯލަށް ތުރިޕްތީ ނެގުމުން އެކަން ވަރަށް ރަނގަޅަށް ސާފުވާ ކަމަށާއި ތުރިޕްތީއަކީ "އާރު ރޭޓެޑް" ފިލްމުތައް ކުޅޭ މީހެއް ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މައުޟޫޢުތަށް