ޖޮކޮވިޗާއި ސިނާ ވެސް ފްރެންޗް އޯޕަން ކުއާޓާ އަށް
މިހާރު
3 ޖޫން 2025 | އަންގާރަ | 9:28
ޕެރިސް (ޖޫން 3) - ނޯވަކް ޖޮކޮވިޗް، އޭނާގެ ރެކޯޑް 19 ވަނަ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި އިރު، ދުނިޔޭގެ އެއް ވަނަ ޔަނިކް ސިނާ ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
އުމުރުން 38 އަހަރުގެ ޖޮކޮވިޗް ވަނީ އިންގްލެންޑުގެ ނެމެރަން ނޮރީއާ ވާދަކޮށް 6-2، 6-3 އަދި 6-2 އިން މޮޅުވެފަ އެވެ. އަދި ސިނާ މޮޅުވީ ރަޝިއާގެ އެންޑީ ރުބްލޭވް އާ ވާދަކޮށް 6-1، 6-3 އަދި 6-4 އިން ކާމިޔާބު ކޮށްގެންނެވެ.
މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލްގައި ޖަރުމަންގެ އެލެކްސެންޑަ ޒްވެރޭވް ބަލިކޮށްގެން ތަށި އުފުލާލީ ސިނާ އެވެ. މިދިޔަ އަހަރުގެ ފަހު ގްރޭންޑް ސްލޭމް ކަމަށްވާ ޔޫއެސް އޯޕަން ވެސް ކާމިޔާބު ކުރީ އޭނާ އެވެ.