ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ތުހުމަތުކުރާ ބިދޭސީމީހާ ގެއްލުނު ރިޕޯޓެއް ނުލިބޭ: އިމިގްރޭޝަން

މިހާރު

3 ޖޫން 2025 | އަންގާރަ | 1:04

ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއަކު ފިލައިގެން އުޅޭ މައްސަލައެއް ފެންމަތިވެފައިވީ ނަމަވެސް އެ މީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓެއް މިހާތަނަށް ނުލިބޭ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އިިމިގްރޭޝަނުން އެހެން ބުނީ، ވިލިމާލޭގެ ފެކްޓަރީއެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހާ ފިލައިގެން އުޅޭތީ އޭނާ ހޯދަން ފޮޓޯ އާއި އެ މީހާގެ ވަނަވަރުތައް ހިމަނައިގެން ސޯޝަލް މީޑިއާގައި އިއްޔެ މައުލޫމާތުތަކެއް އާންމު ކޮށްފައިވާތީ "މިހާރު" އިން ސުވާލު ކުރުމުންނެވެ. ބިދޭސީ މީހާގެ ފޮޓޯއާ އެކު ވަނަވަރު އާންމުކުރީ އޭނާއާ އެކު އެ ފެކްޓަރީގައި މަސައްކަތްކުރާ ދިވެއްސެކެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓުގައިވާ ބިދޭސީ މީހާ ފިލައިގެން އުޅޭ މައްސަލަ އެ އިދާރާ އަށް ރިޕޯޓު ކޮށްފައި ނެތް ކަމަށެވެ. އެހެންވެ، އެ މީހާ ހޯދުމުގެ މަސައްކަތެއް އިމިގްރޭޝަނަކުން ނުކުރެ އެވެ.

މައުޟޫޢުތަށް